18 Feb 2013, 00:45
ޕީޕީއެމް ޕްރައިމަރީ އަންނަ މަހު 30ގައި ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން މިރޭ ނިންމައިފި އެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވީ މިރޭ އޮތް އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުން ނިންމީ މާޗު 30ވާ ހޮނިހިރު ދުވަހު އެ އިންތިހާބު ބޭއްވުމަށް ކަމަށެެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކަ ކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 25ގެ ނިޔަލަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރެވެ.