17 Feb 2013, 12:54
އަމިއްލަ އެއާލައިން ކުންފުނި ވިލާ އެއާއިން މިއަހަރު ތެރޭގައި ސީ ޕުލޭންގެ ދަތުރުތައް ފެށުމަށް ނިންމާ ފައިވާކަމަށް ވިލާ އެއާއިން ބުނެފިއެވެ.
ވިލާ އެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އަހުމަދު ޝަރީފް މިއަދު ސަން އޮންލައިނަށް ވިދާޅުވީ މި އަހަރު ތެރޭގައި ސީ ޕުލޭންގެ ދަތުރުތައް ފެށުމަށް ނިންމާފައިވީ ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމާ ކަމަށެވެ. އަދި ސީ ޕުލޭންގެ ދަތުރުތައް ފެށުމަށް ބޭނުންކުރާނެ ބޯޓް އޮކްޓޫބަރު މަހުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެން ނުނިންމަން ކިތައް ބޯޓްކަމެއް ގެންނާނީކީއެއް، ނަމަވެސް މިއަހަރު ތެރޭގައި ސީ ޕުލޭން އޮޕްރޭޓްކުރުމަށް އަޅުގަނޑުމެންގެ ވިސްނުން މިހިރީ" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދި ވިސްނުން ހުރީ ރާއްޖޭގައި ސީޕުލޭންގެ ދަތުރުތައް ކުރާ ފަރާތްތަކުން ކުރާކަހަލަ ޝެޑިއުލް ދަތުރުތަކެއް ކުރާން ނޫން ކަމަށާއި އެ ކުންފުނީގެ ވިސްނުން ހުރީ އެ ކުންފުނީގެ ސީޕުލޭން ބޭނުން ކުރާނީ ސީ ޕުލޭންގެ އެކްސްޕީރިއަންސް ކުރާން ބޭނުންވާ ޓޫރިސްޓުނަށާއި ފޮޓޯ ނަގާ ފަރާތްތަކަށް ހާއްސަކޮށްގެން ދަތުރުތައް ކުރުމަށް ކަމަށެވެ.
ފުލައި މީއިން ސީ ޕުލޭންގެ ދަތުރުތައް މިއަހަރުތެރޭގައި ފެށުމަށް ނިންމާފައިވާއިރު އެކުންފުނިން ވަނީ ދާދިފަހުން 66 ސީޓްގެ ބޯޓެއް ގެނެސްފައެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެބުރޭންޑްގެ އިތުރު ބޯޓެއް ގެ ގެނައުމަށް ނިންމައިފައި ވާ އިރު އެ ކުންފުނިން މިހާރު ވެސް ދަނީ 46 ސީޓްގެ ދެ ބޯޓް ބޭނުންކުރަމުންނެވެ.