ރީތިރަށް ރިސޯޓުން ފުރައިގެން މާލެ އައި ލޯންޗަކާއި ތެޔޮ ބާޖެއް ޖެހި އެކްސިޑެންޓްވެ ހަތް މީހަކު ޒަހަމުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އަނެއް ފަސް މީހުން ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 8:50 އެހާކަންހާއިރު ރިޕޯޓު ކުރި އެ ހާދިސާގައި އެކްސިޑެންޓްވެފައި ވަނީ ސިރިއަސްގެ ލޯންޗަކާއި ބާޖެއް ޖެހި ކަމަށެވެ. އަދި ލޯންޗުގައި ތިބި މީހުން މާލެ ގެނައީ ސިރިއަސް މީހުންގެ އެހެން ލޯންޗެއްގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ފުލުހުންނާ އެމްއެންޑީއެފުން ބުނީ ރީތިރަށް ރިސޯޓުގެ މުވައްޒަފުން ގޮވައިގެން މާލެ އަށް ދަތުރު ކުރި ސިރިއަސްގެ ލޯންޗު އެކްސިޑެންޓްވީ ރީތިރަށާއި ގަލުފަޅާ ދޭތެރޭގައި އޮތް ބާޖެއްގައި ޖެހި ކަމަށެވެ.