ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އަދުލް އިންސާފު ގާއިމުކުރުމުގެ ބާރާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާ ހަދާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު އައިސްފައިވާ ހަލަބޮލިކަމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި، ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ވޭތުވެދިޔަ އަހަރުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރެވިފައިވާ ދައުވާއަށް އިޝާރާތްކުރައްވަމުން، ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ހައްޔަރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރަކީ އެމަނިކުފާނުގެ ސަރުކާރުން އެކަމަށް އެދިގެން ނެރެފައިވާ އަމުރެއް ނޫން ކަމަށާއި، އެކަން ކުރަމުންދަނީ މިނިވަން ޖުޑީޝަރީއަކުން ކަމަށެވެ.

"ކޯޓަށް ރައީސް ނަޝީދު ހާޒިރުކުރުމަށް މަސައްކަތްކުރުމުން އެމަނިކުފާނު، އިންޑިއަން ހައި ކޮމިޝަންއަށް ވަޑައިގަތުމަކީ އަޅުގަނޑު ވަރަށް ހައިރާންވި ކަމެއް. ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރު ވަނީ 13 ފެބުރުއަރީ ވަނަ ދުވަހުުގެ 4 ޖެހިއިރު ބާތިލްވެފައި. ނަޝީދު އިންޑިއަން ހައި ކޮމިޝަންގައި މިހާރު ހުންނެވުމުގެ ބޭނުމެއް ނެތް..." ރައީސް ވަހީދުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ރައީސްގެ ބަޔާނުގައި، މިއަހަރު ރާއްޖޭގައި ހުރިހާ ޕާޓީތަކަށް ވާދަކުރެވޭ، މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ މުހިއްމު ކަމެއް ކަން ފާހަގަކޮށް، އެގޮތަށް ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރަށް ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައިވެއެވެ.