16 Feb 2013, 13:52
ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިނދެއްޖެ އެވެ.
އިއްޔެ އިރުއޮއްސުނު އިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ގދ. ކާޑެއްދޫން ފުރައިގެން އެ އަތޮޅު ތިނަދު އަށް ދިޔަ ކުޑަ ލޯންޗަކާއި އެ ސަރަހަދުގައި އޮތް ރިސޯޓަކުން ފުރައިގެން ކާޑެއްދު ދިޔަ ލޯންޗެއް ޖެހި އެވެ.
އަދި ފައި ބިނދިފައި ވަނީ ކުޑަ ލޯންޗުގައި ހުރި ޒުވާން ފިރިހެނެއްގެ ކަމަށް ވެސް ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފައިބިނދިގެން އެ ހޮސްޕިޓަލަށް ގެންދިދިޔަ މީހާ މިއަދު ހަވީރުގެ ވަގުތެއްގައި މާލެ ފުރުވާލާނެ ކަމަށެވެ. އަދި އޭނާ މާލޭ ފޮނުވާލަނީ އެ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރަކު ނެތުމުން ކަމަށް ވެސް އެ ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.
އެ އެކްސިޑެންޓްގައި ކުޑަ ލޯންޗް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.