ޕްރައިވެޓް ސްޕެޝަލިސްޓް ކްލިނިކްގެ ޚިދުމަތް އައިޖީއެމްއެޗްގައި ހޮސްޕިޓަލުގައި ފަށައިފި އެވެ.  


އެ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕްރައިވެޓް ސްޕެޝަލިސްޓް ކްލިނިކެއް ފެށުމުގެ ބޭނުމަކީ އެ ހޮސްޕިޓަލުން ހާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރުންނަށް ދެއްކުމަށް އަންނަ ފަރާތްތަކަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.  


މިއަދު ހުޅުވި ކްލިނިކްގެ މަސައްކަތް ކުރިއަށްދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ރޭގަނޑު 7:30 ން 10:30 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.


މި ކްލިނިކްގެ ސްޕެޝަލިޓީ އަކަށް ދެއްކުމަށް 200 ރުފިޔާ ދައްކަން ޖެހޭއިރު ސަބް ސްޕެޝަލިޓީ އަކަށް ދެއްކުމަށް 250 ރުފިޔާ ދައްކަންޖެހެ އެވެ.