ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ޓިވިޓާ އެކައުންޓް ހެކްކޮށްފި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު އަހްމަދު މަހްލޫފްކޮށްފައިވާ ޓުވިޓާގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫނުގެ ޓުވިޓާ އެކައުންޓް ހެކްކޮށް އިންޑިޔާއާ މައްސަލަ ޖެހޭ ގޮތަކަށް ޓުވީޓެއްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓުވީޓްގައި ބުނެފައި ވަނީ ކީކޭކަން ބުނެފައެއް ނުވެ އެވެ.

"ރައީސް މައުމޫނުގެ ޓުވިޓާ އެކައުންޓް ބަޔަކަށް ހަޖަމު ނުވެގެން ހެކްކޮށް އިންޑިޔާއާ މައްސަލަ ޖެހޭ ކަހަލަ ޓުވީޓެއް ކޮށްފި،" މަހްލޫފް ކުރައްވާފައިވާ ޓުވީޓްގައި ބުނެފައިވެ އެވެ. މަހްލޫފް ފޯނުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
މަހްލޫފް ވިދާޅުވީ ރައީސް މައުމޫންގެ ޓުވިޓާ އެކައުންޓުން މިހާރު ކުރާ ޓުވީޓްތަކަކީ ސައްހަ ޓުވީޓު ތަކެއް ނޫން ކަމަށާއި އެ އެކައުންޓް ރަނގަޅު ކުރެވުމުން އަންގަވާނެ ކަމަށެވެ.


ރައީސް މައުމޫނު ޓުވިޓާ އެކައުންޓަކާއި އެފްބީ އެކައުންޓެއް ހުޅުވީ އެމަނިކުފާނުގެ މިދިޔަ އަހަރު ފާހަގަކުރެއްވި 75 ވަނަ އުފަން ދުވަހު އެވެ.