ސައިބީރިއާ އަށް "އަލިފާން ވާރޭ" ވެހުމުގެ ސަބަބުން 400 މީހުންނަށް އަނިޔާވެއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި "އަލިފާން ވާރޭ" ވެހުނު ކަމަށް ސައިބީރިއާގެ އާއްމުން ބުނާއިރު، މިއީ ސައިބީރިއާގެ ހުޅަނގުގެ ސަރަހައްދުތަކުގެ މަތިން ދަތުރު ކުރި ގިނި ހިލައަކުން ބައިބައިވެގެން ވެހުނު އެއްޗެހިތަކެއް ކަމަށް ކަމާބެހޭ އޮފިޝަލުން ބުނެ އެވެ.

ސައިބީރިއާގެ މިނިސްޓްރީ އޮފް އެމަޖެންސީ ސިޗުއޭޝަންއިން ބުނީ ގިނިހިލައެއް މަތިން ދަނިކޮށް ބައިބައިވެގެން ވެއްޓުމުގެ ސަބަބުން 400 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އެއްވެސް މީހަކު މަރުވެގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.

ސާބިއާގެ ޗެލްޔަބިންސްކް ސަރަހައްދުގެ ގަވަރުނަރާއި ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ޗެލްޔަބިންސްކުގެ 50 މޭލު ބޭރުން ގިނިހިލައެއް ވެއްޓުމުން އުފެދޭ ޒާތުގެ "އިމްޕެކްޓް ކުރޭޓަރ"އެއް އުފެދިފައިވާ ކަމަށެވެ.

"2012 ޑީއޭ 14"ގެ ނަން ދީފައިވާ ކުޑަ ގިނި ހިލައެއް ދުނިޔޭގެ ވަރަށް ކައިރިން މިއަދު ދަތުރުކުރާނެ ކަމަށް މީގެ ކުރިން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފައިވާ ނަމަވެސް، ސައިބީރިއާ އަށް ވެހުނު "އަލިފާން ވާރޭ" އާ "2012 ޑީއޭ 14" ދެމެދު އެއްވެސް ގުޅުމެއްވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ކަށަވަރުވެފައެއްނުވެ އެވެ.

ނާސާ އިން ބުނެފައިވަނީ "2012 ޑީއޭ 14" ދުނިޔޭއާއި ވަރަށް ކައިރިން ދަތުރުކުރި ނަމަވެސް، ދުނިޔެއަށް ވެއްޓުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. -