ރޭ އެމްޑީޕީން ރޭ ކުރި މުޒާހަރާތެރެ އިން ރައީސުލްޖުމްހޫރިއްޔާގެ ހިއުމަން ރައިޓްސް އެމްބެސެޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) އަށް ހަމަލަދީފި އެވެ.

އަހަންމައިދީ އަށް ބަޔަކު މީހުން ހަމަލާދީފައި ވަނީ ރޭ އޭނާ އެެމްޑީޕީން މީހުން މުޒާހަރާ ކުރަމުންދިޔަ މަޖިދިއްޔާ ސުކޫލް ކަންމަތީން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ. އޭނާ އަށް ހަމަލާދިނުމާ ގުޅިގެން އެ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އެ ސަރަހައްދަށް ވަޑައިގަތީ އެ ސަރައްދު "އަމާން ކަމަށް ހީފުޅުކުރައްވައިގެން" ކަމަށެވެ.

ރޭ 12:00ގެ ފަހުން އަހައްމައިދީ އަށް ދިން ހަމަލާގައި އެކި ގޮތް ގޮތުން އޭނާގެ އަނިޔާކުރުމަށް މަސަކަތް ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަހައްމައިދީ ވިދާޅުވީ އެ މައްސަލަ އޭނާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސޯސަންމަގުގައި އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާ ތެރެއިން ރޭގައި ވެސް ވަނީ ފުލުހުން ބަހައްޓާފައިވާ ބެރިގޭޓްތަކަށް އުކާލައި ފުލުހުންނަށް ހަމަލާދީފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު ރޭ ވަރަށް ދަންވުމާ ހަމައަށް މުޒާހަރާ ކުރިއަށް ގެންގޮސްފައިވެ އެވެ.