އއ. ބޮޑުފޮޅުދޫ ރަށު ކައުންސިލް ބައި އިލެކްޝަން އަންނަ މާޗް 30ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ބޮޑުފޮޅަދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައިވަނީ ބޮޑުފޮޅުދޫ ކައުންސިލް މެންބަރު އަހްމަދު ފިރާގު ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން

އިލެކްޝަން ކޮމިޝަނުން ވަނީ ބޮޑުފޮޅުދޫ ކައުންސިލް ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވައިގެން ބޮޑުފޮޅަދޫ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވި އަހްމަދު ފިރާގް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވީ މާލެ އަށް ދިރިއުޅުން ބަދަލުކުރައްވަން ޖެހިވަޑައިގަތުމުން ކަމަށް އެ ކައުންސިލުން މައުލޫމާތުދެ އެވެ.

މިހާރު އެރަށު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލަރުންނާއި ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލް މެންބަރުންނެވެ.