މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓަރީ ސްޕޯޓްސްއަށް ކުޅުނު ކެމަރޫންގެ ފޯވާޑް އަވީލޯ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވީބީ އައްޑޫ އެފްސީއަށް ކުޅޭން އެއްބަސް ވެ ކޮންޓްރެކްޓް ހަދައިފި އެވެ.

ވީބީގެ އިސް އޮފިޝަލަކު ވިދާޅުވީ، އަވީލޯ ވިބީގެ ކޮންޓްރެކްޓް ހަދައިފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަމަށެވެ.

"އަވީލޯ އަދި ހުރީ ކެމަރޫންގައި. ކުރިއަށް މި އޮތް ދެ ހަފްތާގެ ތެރޭގައި އޭނާ މާލެ އަންނާނެ. ކުލަބުން މިހާރު މަސައްކަތް ކުރަނީ އޭނަ މާލެ ގެނައުމަށް" އޮފިޝަލް ވިދާޅުވިއެވެ.

އަވީލޯ އަކީ މީގެ ކުރީން ކުލަބް ވެލެންސިއާއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މިހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވީބީގެ ފަރިތަކުރުންތައް މިހާރު ފަށައިފައި ވަނީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުސްވި ސީޒަނުގައި ވިކްޓަރީއަށް ކޯޗް ކޮށްދިން މުހައްމަދު ނަޒީހުގެ އިރުޝާދާއެކުއެވެ.