14 Feb 2013, 13:44
ޔޫރޮޕާ ލީގުގެ ފަހު ބުރުގައި މިރޭ ސްޕާޓާ ޕްރާގާ ދެކޮޅަށް ކުޅޭ މެޗަށް ޗެލްސީން ނެގި 19 ކުޅުންތެރިންގެ ސްކޮޑަށް އެ ޓީމުގެ ކެޕްޓަން ޖޯން ޓެރީ ނަގައިފި އެވެ.
ސްކޮޑުގައި ޓެރީ ހިމެނުމުން އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ފާޑު ކިޔާފައި ވަނީ ޓެރީއަށް މިރޭގެ މެޗުގައި ކުޅެވޭވަރަށް ވުރެ، އޭނަގެ ސިއްހީހާލަތު ދައްކަމަށް ބުނެއެވެ. އެކަމަކު ޗެލްސީން ބުނެފައި ވަނީ، ސްކޮޑުގައި ޓެރީ ހިމެނީ އޭނާ އަށް ލިބިފައިވާ އަނިޔާއިން ފިޓްކަމަށް ޓީމުގެ ޑޮކްޓަރު ލަފާ ދީފައި ވާތީވެ ކަމަށެވެ.
ސްޓާޕާ ޕްރާގްގެ ދަނޑުގައި މިރޭ ކުޅޭ މެޗަށް ޗެލްސީގެ ސްކޮޑްގައި ޓެރީ ހިމެނި އިރު، އޭނަ އަށް އަށް ވަނީ އަނިޔާގެ ސަބަބުން އިނގިރޭސި ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ވިގަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ވެސް ބައިވެރި ނުވެވިފަ އެވެ.
ޔޫރޮޕާ ލީގުގެ ފަހު 32 ޓީމުގެ ބުރުގައި ޗެލްސީ ހިމެނިފައިވާ އިރު، މިރޭގެ މެޗަށް އެޓީމުން ނެގި 19 ކުޅުންތެރިންގެ ސްކޮޑުގައި ނުހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ޑަވިޑް ލުއިޒް އާއި ޑެމްބާ ބާ އާއި ވިކްޓާ މޯސެސް އަދި ޖޯން އޮބީ މިކޭލް ހިމެނެ އެވެ.