10 Oct 2010, 07:59
ރ. އަތޮޅު ހުޅުދުއްފާރުން އިއްޔެ ތިން ކުދިންނާ އެކު ގެއްލުނު ކެނޯއާ ހުރިހާ ގޮތަކުން ވައްތަރު ކެނޯއެއް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުގެ އޮފީޝަލަކު ދެންމެ ވިދާޅުވީ އެ ތިން ކުދިން ދަތުރު ކުރި ކެނޯގެ ކުލައާއި އަދި ހުރިހާ ގޮތަކުން ވެސް ވައްތަރު ކެނޯ ފެނިފައި ވަނީ ޅ. ހިންނަވަރުގެ އިރުމަތިން ގާތްގަނޑަކަށް ދޮޅު މޭލެއްހާ ބޭރުން ކަމަށާއި ކެނޯ އޮތީ ބަންޑުން ޖަހާލާފައި ކަމަށެވެ. އަދި ވިދާޅުވީ އޭރު ވެސް ވަރަށް ބާރަށް ކެނޯ ވަޔާއި އޮޔާ އެކު ދާ ކަމަށެވެ.
ކެނޯ ފެނުނަސް، އެ ކެނޯ އިން ގާއުނޑޫދޫ އަށް ދިއުމަށް ދަތުރު ކުރި، ހުޅުދުއްފާރު ފަސާނާ، އަހުމަދު ޖުނައިދު،14 އާއި އެގޭ އިބްރާހިމް ސާދިމް 10 ، އާއި ވައިޓް ރޯސް، އަޝްރަފު،14 ގެ ނިޝާނެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ ވިދާޅުވީ ކެނޯ ފެނުނީ ހުޅުއްދުއްފާރުން އެ ތިން ކުދިން ހޯދުމަށް ދުއްވި ދޯންޏަކަށް ކަމަށާއި ފެނުނީ މިއަދު ހެނދުނު 11:20 ހާކައިންހާރު ކަމަށެވެ.