އެމެރިކަން އެއާލައިންސް އާއި ޔޫއެސް އެއާވޭސް އެއްކޮށްލައިގެން ދުނިޔޭގެ އެންމެ ބޮޑު އެއާލައިންސް އުފެއްދުމުގެ މަސައްކަތް ފަށައިފި ކަމަށް އެގައުމުގެ މީޑިޔާ ހަބަރުތައް ބުނެފި އެވެ.

ދެ އެއާލައިން އެއްކޮށްލުމަށް ފަހު ކުރިއަށް އަލަށް އުފެދޭ އެއާލައިންގެ ނަމަކަށް ބޭނުން ކުރާނީ ހަމަ އެމެރިކަން އެއާލައިންސް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ކަމުން ދެކުންފުނި އެއްކޮށްލުމުން އެމެރިކަން އެއާލައިންސްގެ އަގު، 11 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ. އެއީ މިހާރު އެމެރިކާއި އޮތް އެންމެ ބޮޑު އެއާލައިން ކަމަށްވާ، ވާދަވެރި ޑެލްޓާ އެއާލައިންސްގެ މާކެޓް ވެލިއުއާ ގާތްކުރާ އަގެކެވެ.

އަދި ހަމަ އެހެންމެ އަލަށް އުފެދޭ އެމެރިކަން އެއާލައިންސްގައި 1530 މެއިންލައިންސް އާއި އަދި ރީޖަނަލް އެއާކްރާފްޓްސްތައް ހިމަނައިގެން ދުވާލަކަށް 6428 ފްލައިޓްސް ބޭއްވޭނެ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ދެ އެއާލައިން އެއްކޮށްލައިގެން އަލަށް އުފަށްދާ އެމެރިކަން އެއާލައިންސްގެ 72 އިންސައްތަ ހިއްސާދާރުންނަށް ވާނީ އެމެރިކަން އެއާލައިންސްގެ ކްރެޑިޓް ލިބެން ޖެހޭ ފަރާތްތަކެވެ. އަދި ބާކީ 28 އިންސައްތަ ލިބޭނީ ޔޫއެސް އެއާވޭސް އަށެވެ. އެގޮތުން އަލަށް އުފެދޭ ބޯޑުގެ ޗީފް އެގްޒެކެޓިވް އަކަށްވާނީ ވެސް ޔޫއެސް އެއާވޭސްގެ މިހާރުގެ ސީއީއޯ ޑޯ ޕާކާ ކަމަށްވެ އެވެ.