މިރޭ އެއް ނަންބަރު ކުނި ކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ އެވެ.

ކުނިކޮށީގެ ނީލަން ފިހާރަ ކައިރި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ފެތުރުނަ ނުދީ އެމްއެންޑީއެފުން ވަނީ މިހާރު ކޮންޓްރޯލް ކޮށްފައެވެ.

މި ސަރަހައްދުގައި ހުރި ސަންގެ ޖާނަލިސްޓް މައުލޫމާތު ދޭ ގޮތުގައި ކުނިކޮށީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ގާތްގަނޑަކަށް ނިއްވައިލެވިފައެވެ. ނަމަވެސް އަދިވެސް އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ އަލިފާން ރޯވި ސަރަހައްދަށް ފެން ޖަހަމުންނެވެ. އަލިފާން ނިއްވައިލެވުނަސް އެ ސަރަހައްދުން އަދިވެސް ދުން އަރަމުންދާ ކަމަށް ސަންގެ ޖާނަލިސްޓް ހަބަރު ދެއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ ކުނިކޮށީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި އެތަން ރޯކޮށްލުމުން ހިނގި ހާދިސާއެއްކަން ނުވަތަ ނޫންކަން ޔަގީން ނުވާ ކަމަށާއި އެހެންކަމުން އެ ހާދިސާއާ ގުޅިގެން ބަލާން ޖެހޭ އިތުރު ކަންތައްތައް ބަލަމުންދާ ކަމަށެވެ.