13 Feb 2013, 17:43
މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ތުޅާގިރި ރިސޯޓް ކައިރިން ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މަރުވެފައި އޮތް އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ތުޅާގިރި އައިލެންޑް ރިސޯޓު ހުޅަނގު ދެކުނުން އޮންނަ ގިރިއެއްގެ ކައިރިން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެމީހާއަކީ ކާކުތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ފެނުނުއިރު އެމީހާ ފެނުނުއިރު އޮތީ ނޫކުލައިގެ ކްރެސީ ބްރޭންޑްގެ ވެޓް ޝޫޓަކާއި މާރެސް ބްރޭންޑްގެ ފިންސަކަށް އަރައިގެން ކަމަށެވެ.
މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް މިއަދުގެ ވަގުތެއްގައި ވިލިމާލެ އާއި ގުޅީ ފަޅާ ދޭތެރޭގެ ކަނޑުގެ ސަރަހައްދުން ވެސް ވަނީ ފެނިފަ އެވެ. ނަމަވެސް އެމީހާއާ ބެހޭ ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ދީފައެއް ނުވެ އެވެ. ނަމަވެސް އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ކުރީ ދުވަހު މާލެ އާއި ވިލިގިއްޔާ ދެމެދު ދަތުރުކުރަމުން ދިޔަ ޖަރުމަންވިލާގެ ޔޮޓަކުން ފުންމާލި ޓޫރިސްޓަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
މީގެއިތުރުން މިމަހުގެ ކުރީ ކޮޅު ގއ. ކުނބުރު ކިޔާ ފަޅުރަށަށް ވެސް މަރުވެގެން ކުނިވެފައި އޮތް ގަބުރެއް ވަނީ ލައްގާފަ އެވެ. އަދި އެގަބުރަކީ މިދިޔަ އަހަރު ބަންޑުން ޖަހާލި ސްރީލަންކާގެ ބޯޓަކުން ގެއްލިފައިވާ މީހެއްގެ ހަށިގަނޑު ކަމަށް ވެސް ވަނީ ބެލިވިފަ އެވެ. އެބޯޓު ބަންޑުން ޖަހާލި ހާދިސާގައި ހަތަރު މީހަކު ކަނޑުވެ ގެއްލިފައިވާ ކަމަށް ވެސް ވެ އެވެ.