13 Feb 2013, 17:29
މިއަހަރުގެ ޖެނުއަރީމަހުގެ އާމްދަނީގެ ގޮތުން ލިބޭނެކަމަށް މީރާއިން ލަފާކުރި އާމްދަނީއަށް ވުރެ ލިބުނު އާމްދަނީ 5.9 ޕަސެންޓް ދަށް ވެއްޖެއެވެ.
މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މީރާއަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އަދި ޑޮލަރުގެ ގޮތުގައި ލިބިފައިވަނީ 30.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެއީ މީރާއިން ލަފާކުރި އަދަދަށްވުރެ 5.9 ޕަސެންޓް ދަށް އަދަދެކެވެ. އަދި އެއީ 2012 ވަނަ އަހަރުގެ ޖެނުއަރީމަހަށް ވުރެ 45 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 723.6 މިލިއަން ރުފިޔާއެވެ.
މީރާއަށް މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައި ވަނީ 37967709ރ. އެވެ. އަދި ޓޫރިޒަމް ޓެކްސްގެ ގޮތުގައި 71109894ރ. މީރާއަށް ވަނީ ލިބިފަ އެވެ.
އަދި މިދިޔަ މަހު ލިބިފައިވާ ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް ނޫނީ ބީޕީޓީގެ ގޮތުގައި ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 536.1 މިލިޔަން ރުފިޔާ ލިބިފައިވާ އިރު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި ޖުމްލަ 297.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓޫރިޒަމް ޓެކްސް ނޫނީ، ބެޑް ޓެކްސްގެ ގޮތުގައި 71109894ރ. މީރާއަށް ވަނީ ލިބިފަ އެވެ.