13 Feb 2013, 15:55
ދިވެހި ކަނޑުގެ ސިފައިންނާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ހިންގާ ފަސް ދުވަހުގެ ތަމްރީނުތަކެއްގައި ބައިވެރިވުމަށް އިންޑިއާގެ ނޭވަލް ޝިޕް "ކަލްޕޭނި" އިއްޔެގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިޔާގެ ހަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ކޯސްޓްގާޑު ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގާ ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމެވެ.
ކަލްޕޭނީގެ މިދަތުރުގައި ރާއްޖޭގެ ކަނޑުގެ ސިފައިންނާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެ އިންޑިއާގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް، ހާއްސަކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ތަފާތު ތަމްރީނުތައް ހަދާނެ ކަމަށް މަސްދަރުތައް ބުނެ އެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގެ އެއްބާރުލުމުގެ ދަށުން ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ހަރަކާތްތަކުގެ ބައެކެވެ.
"ކަލްޕޭނި" އަކީ އިންޑިއާގެ ކަލްކަތާގައި ފަރުމާކޮށް ބަނދެފައިވާ، އަދި އެ ގައުމުގެ މުހިންމު ރަށްތަކެއް ކަމަށްވާ ލަކްޝަދީބުގެ ކަފެނާ (ކަލްޕޭނި) ކިޔާ ރަށަށް ނިސްބަތްކޮށް ނަންދީފައިވާ އަދި ހަލުވިކަމާ އެކު ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ ވޯކްރާފްޓެ ކެވެ.
މި ބޯޑު އާންމުކޮށް ބޭނުން ކުރަނީ އައްސޭރިފަށް ޕެޓްރޯލް ކުރުމަށާއި ކަނޑުފޭރުމާއި ވަގަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށާއި ވަގު މަސްވެރިކަން ހުއްޓުވުމަށާއި ރެސްކިއު އަދި ނޭވަލް އެސްކޯޓް އޮޕަރޭޝަން ތަކުގަ އެވެ.