Last Updated: 1 decade 3 year ago
އިންޑިއަން ހައިކޮމިޝަނަށް ނަޝީދު ވަޑައިގެންފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ރަޢީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހުން ބޭއްވުމަށް ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް ރައީސް ނަޝީދު ހާޒިރުވެވަޑައިގެންފައިނުވުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނަޝީދު އެ މައްސަލާގައި ދެން އޮންނަ ޝަރީއަތަަށް ހާޒިރުކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވަނިކޮށެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާއާ ގުޅިގެން ހުޅުމާލޭ ކޯޓުގައި މިއަދު ހަވީރު 4 ޖަހާއިރު ބޭއްވުމަށް ސެޑިއުލް ކުރި ޝަރީއަތުގެ މަޖިލީހަށް ރައީސް ނަޝީދު ހާޒިރުކުރުމަށް އެކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ނުކުރެވުނީ ނަޝީދު ނަޝީދު ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަންގައި އިންނެވުމުގެ ސަބަބުންނެވެ. މިކަން މިހާރު ވާނީ ހުޅުމާލޭ ކޯޓަށާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް އަންގާފައެވެ.
އެހިމާޔަތް ރައީސް ނަޝީދު ހޯއްދަވަން ބޭނުންފުޅުވާނަމަ އެހިމާޔަތް ދެއްވަން ވެސް ޖެހިވަޑައިގެންނަވާނެ އެމުއާހަދާގެ ދަށުން
ރައީސް ނަޝީދުގެ މައްޗަށް ކުރާ އެދައުވާ އަކީ ރިޔާސީ އިންތިހާބުގައި ނަޝީދަށް ބައިވެރިނުވެވޭ ގޮތް ހެދުމަށް ކުރާ ދައުވާއެއް
ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި. އެމްޑީޕީން އެކަން ކުށްވެރިކޮށް މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވަނީ ސިޔާސީ ވިސްނުމެއްގައި ކަމަށް.
ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް މިއަމުރު ނެރެފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާޢީދުކުރާ ބަޔަކު އަޑުގަދަ ކުރާ ބޭނުންކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ ދޭތެރޭ ނަފްރަތު އުފެދޭގޮތަށް މާލެތެރޭގައި ދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތައް ގޮވައި ފަތުރަމުންނެވެ. މިގޮތުން ރައީސް ނަޝީދު ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހައްޔަރުކުރަން ފުލުހުން އުޅޭ ކަމަށް ދަނީ އަޑުފަތުރަމުންނެވެ.ކަންމިހެން ހުރުމާއެކު ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާދިއުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ހަމަ އެއާއެކު ކޯޓުތަކުން ފުލުހުންގެ މައްޗަށް ކުރާ ޤާނޫނީ އަމުރުތައް ތަންފީޒުކޮށް ޤާނޫނު ނެގެހެއްޓުމުގައި ސާބިތު ކަމާއެކު ދިވެހި ފުލުހުން ތިބޭނެކަމުގެ ޔަޤީންކަން މިފުރުޞަތުގައިވެސް އަރުވަމެވެ.