13 Feb 2013, 09:10
ވިލިމާލެ އާއި ގުޅީ ފަޅާ ދޭތެރޭގެ ކަނޑުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ނަމަވެސް އެ މީހާ އާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ ސަރަހައްްދުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނު އިރު މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރަމުން ދިޔަ ޖަރުމަންވިލާތުގެ ޔޮޓަކުން މީގެ ދެތިން ދުވަސް ކުރިން މޫދަަށް ވެއްޓި ގެއްލުނު މީހަކު ފުލުހުން ދަނީ ހޯދަމުންނެވެ.
ސްޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަހްމަދު ނިޔާޒު އިއްޔެ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަރުމަންގެ އެޔޮޓް ރާއްޖެ އައިސްގެން އުޅެނީ ގަވާއިދާ އެއްގޮތަށް ކަމަށާއި ނަމަވެސް ޔޮޓުން ދަތުރުކުރި ޓޫރިސްޓަކު މޫދަށް ވެއްޓި ގެއްލިފައިވާ މައްސަލަ އަދިވެސް ފުލުހުން ބަލަމުން ގެންދާތީ އެ މައްސަލައަކީ ޖިނާއީ މައްސަލައަކަށްވާތީވެ ފުލުހުންގެ އެދުމުގެ މަތިން އެޔޮޓް ސަލާމަތްވި މީހާއާ އެޔޮޓް ހަމަ އެ ދުވަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.