09 Oct 2010, 18:17
ހދ. ނާވައިދޫން ވޯޓު ފޮއްޓެއް ހިފައިގެން ކުޅުދުއްފުއްޓަށް ދިޔަ ލޯންޗެއް ކުޅުދުއްފުށީ ނެރުގެ ފައިކައްޓަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 9:15 އެހާކަންހާއިރު ހިނގި ހާދިސާގައި ވޯޓުފޮށި ހިފައި ދަތުރުކުރި "ދަރުމަ" ލޯންޗުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެމްޑީއެފުން ބުނީ މި ހާދިސާ ހިނގުމާއެކު ކުޅުދުއްފުށީ ގައި ތިބޭ ސިފައިން އެ ސަރަހައްދަށް ގޮސް ލޯންޗު ފުންކޮށްފައިވާ ކަމަށެވެ.
މި ލޯންޗު ނެރުގެ ފައިކައްޓަށް އެރުމުގެ ސަބަބުން ލޯންޗަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.