12 Feb 2013, 13:46
އެޕަލްގެ އޮންލައިން މިއުޒިކް ފިހާރަ، އައިޓިއުންސް އިން 25 ބިލިޔަނަށްވުރެ ގިނަ ލަވަ ވިއްކައިގެން އާ ރެކޯޑެއް ގާއިމް ކޮށްފި އެވެ.
އެޕަލްއިން އިން ބުނެފައިވާ ގޮތުގައި ލަވަ އާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކުން އެކުންފުނީގެ އޮންލައިން މިއުޒިކް ސްޓޯ "އައިޓިއުސް" އިން 25 ބިލިޔަނަށްވުރެ ގިނަ ލަވައާއި މިއުޒިކް ވަނީ ޑައުންލޯޑްކޮށް އަދި ގަނެފަ އެވެ.
އެގޮތުން އައިޓިއުންސް އިން 25 ބިލިޔަން ވަނައަށް ގަނެފައިވާ ލަވައަކީ ޗޭސްބާޗްގެ ގޮކްސެލް ވެންޗިން ރީމިކްސް ސޯންގް "ދަ މަންކީ ޑްރަމް" އެވެ. އަދި މިމަހުގެ ގަވަނަ ދުވަހު އެލަވަ ގަނެފައިވަނީ ޖަރުމަނުގެ ފިލިޕް ލޫޕްކޭ ނަމަކަށް ކިޔާ މީހެކެވެ. ހަމަ އެހެންމެ 25 ބިލިޔަން ވަނަ ލަވަ ޑައުންލޯޑް ކުރި މީހާގެ ހައިސިއްޔަތުން ފިލިޕް އަށް 10000 ޔޫރޯގެ އައިޓިއުންސް ގިފްޓް ވައުޗާ ލިބޭނެ އެވެ.
އެޕަލްގެ ސީނިއާ ވައިސްޕްރެޒިޑެންޓް އޮފް އިންޓަނެޓް ސޮފްޓްވެއާ އެންޑް ސާވިސަސް އެޑީ ކިއޫ ވިދާޅުވެފައި ވަނީ ފާއިތުވީ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައިޓިއުންސް ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު ހިދުމަތްތަކެއް ދެވި އަދި އައިޓިއުންސް އަކީ ދުނިޔޭގެ އެއް ނަންބަރު މިއުޒިކް ރީޓޭލާ ކަމަށް ވުމުން އެކުންފުނިން އެކަމާ ވަރަށް ބޮޑަށް ފަހުރުވެރި ވާކަމަށެވެ.
އެޕަލްއިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ މިއުޒިކް ފޭނުންގެ އެންމެ މަގުބޫލް އޮންލައިން ފިހާރަ "އައިޓިއުންސް" އިން މިނިޓެއްގެ މަށްޗަށް ގާތްގަނޑަކަށް 15000 ލަވަ ޑައުންލޯޑް ކުރެ އެވެ.
އެޕަލްގެ އައިޓިއުންސް ސްޓޯގައި 26 ބިލިޔަނަށްވުރެ ގިނަ ލަވަ ޑައުންލޯޑް ކުރަން ހުރި އިރު ދުނިޔޭގެ 119 ގައުމަކުން އެ ސްޓޯގެ ހިދުމަތް ލިބެން ހުރެ އެވެ. އެޕަލްގެ އާލާތްތައް ކަމަށްވާ އައިޕެޑް، އައިފޯން، އައިޕޮޑް، މެކް އަދި ޕީސީ ބޭނުންކުރާ ފަރާތްތަކަށް އެންމެ ރަނގަޅުގޮތުގައި މިއުޒިކާއި ލަވަ ބޭނުން ކުރެވޭނޭ ވަސީލަތަކީ އައިޓިއުންސް ކަމަށް އެޕަލްގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.