12 Feb 2013, 11:47
ސ. މަރަދޫ ގެއަކުން ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނުތަކެއް ގޯންޏަކަށްލައި ފޮރުވާފައި ހުއްޓައި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މަރަދޫ ވަލުމިސްކިތްދޮށުގެއިން ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނުތައް ހޯދާފައިވަނީ ހަމައެގޭ ގޯތި ތެރެއިން ކަމަށެވެ. އެގޮތުން ރޭ 9:35 ހާއިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގާ ގެއްލިގެން ރިޕޯޓުކުރި ތަކެތި ފެނިފައި ވަނީ ވަލުމިސްކިތްދޮށުގޭގެ ގޯތިތެރޭ ހުރި ގަސްތަކެއްގެ ތެރޭގައި ގޯންޏަކަށް ލައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެގެއިން ގެއްލުނު ލެޕްޓޮޕާއި އޭގެ ޗާޖަރާއި ކެމެރާއަކާއި އޭގެ ޗާޖަރާއި ދެ ލެންސާއި ޓުރައިޕޮޑްއަކާއި އަށް ޖީބީގެ ދެ މެމޮރީ ކާޑާއި ދެ ޖީބީގެ މެމޮރީ ކާޑަކާއި ޓުރިމަރެއްގެ ޗާޖަރެއްގެ އިތުރުން 50 ޑޮލަރާއި ދެ ރަންފަށް ހޯދާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.