11 Feb 2013, 23:09
ޖެމެއިކާގެ ވެރިރަށުގައި އިއްޔެ ފެށި 'ކޭމްޕާޑައުން ކްލެސިކްގައި ރާއްޖޭގެ ދެ ދުވުންތެރިން ކަމަށް ވާ ހަސަން ސާއިދު އާއި އަޒްނީމް އަހްމަދު، އެ ދެ މީހުންގެ މި އަހަރުގެ ދުވުމުގެ ސީޒަން ފަށައިފި އެވެ.
ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ ހަސަން ސާއިދު އޭނާގެ 400 މީޓަރު ދުވުމުގެ ހީޓް ފުރިހަމަ ކޮށްފައިވަނީ 48.98 ސިކުންތުންނެވެ. ދުނިޔޭގެ އެންމެ ބާރު ދުވުން ތެރިޔާ އުސެން ބޯލްޓް ވެސް ވާދަކުރި މި ހީޓް 46.74 ސިކުންތުން ކާމިޔާބުކުރީ އުސެން ބޯލްޓްއެވެ.
ރާއްޖޭގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ އަޒްނީމް އަހްމަދު އޭނާގެ 400 މީޓަރު ދުވުމުގެ ހީޓް ފުރިހަމަކޮށްފައިވަނީ 51.99 ސިކުންތުންނެވެ.
އެ ކްލްސިކްގެ 400 މީޓާ ދުވުމުގު ހުރިހާ ބައިވެރިންގެ ޓައިމިން އަށް ބަލާއިރު 42 އެތުލީޓުން ވާދަކުރި އިވެންޓުން ހަސަން ސާއީދު ޓައިމިން އައިސްފައިވަނީ 17 ވަނަ އަށެވެ. އަދި އޭނަ ޓްރެއިނިން ހަދަމުން އަންނަ "ހައިޕާފޯމަންސް ސެންޓާ" އިން އެއިވެންޓުގައި ވާދަކުރި ފަސް އެތުލީޓުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވަނީވެސް ސައީދެވެ.
އަޒްނީމަކީ އެންމެ ފަހު ލަންޑަނުގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް އިވެންޓެއްގެ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ބުރުން ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓެވެ. އަދި ސާއިދަކީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯސަން ގޭމްސްގައި ވެސް ރާއްޖެ ތަމްސީލު ކުރި އެތުލީޓެކެވެ. އެގޮތުން އެފަހަރުގެ 100 މީޓަރުގެ ފުރަތަމަ ހީޓްގައި ސާއިދުއަށް ރޭސް ނިންމާލެފައި ވަނީ 11.22 ސިކުންތުންނެވެ.
އަޒްނީމާއި ސާއިދު އަންނަނީ ޖެމެއިކާގައި ދެ އަހަރު ދުވަހުގެ ޓްރޭނިން ސެޝަންތަކެއް ވެސް ފުރިހަމަ ކުރަމުންނެވެ.