11 Feb 2013, 15:19
ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގެ ފަހު މެޗް އެމްއެންޑީއެފް އިން ކާމިޔާބު ކޮށްފި އެވެ.
މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ބާސްކެޓް ކޯޓުގައި ރޭ ކުޅުނު މެޗް އެމްއެންޑީއެފްއިން ކާމިޔާބު ކުރީ ދިރާގާ ވާދަކޮށް 39 ޕޮއިންޓް 66 ޕޮއިންޓުންނެވެ. ރޭގެ މެޗުން އެމްއެންޑީއެފްއަށް މޮޅެއް ލިބުނަމަވެސް، އެޓީމް ވަނީ މުބާރާތުން ކަޓައިފައެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްއެންޑީއެފްގެ އަލީ އިޝާމްއެވެ.
މާދަމާ ރޭ ކުޅޭ މިމުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާ ދެޓީމަކީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފައިވާ އެއާޕޯޓްސް ކޮމްޕެނީ ޓީމާއި ލީގު ބުރުން ދެ ވަނަ ހޯދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓީމެވެ. ފައިނަލް މެޗް ފަށާނީ މާދަމާރޭ 9:00 ޖަހާއިރު އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަން އެވެ.