11 Feb 2013, 12:47
ހެންވޭރު ގެއެއްގެ ތެރޭ ބަނގުރާ ކައްކަމުންދިޔަ ބަޔަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މިއަދު 11:00 އެހާކަންހާއިރުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހ. ފެހިއާބާދު ފުރަތަމަ ފަންގިފިލާގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަންފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ސާފެއްނުވެ އެވެ.
ފުލުހުން ބުނީ އެގޭގެ ތެރެއިން 20 ލީޓަރުގެ 15 ހަމާއި ފަސް ލީޓަރުގެ ދެހަމުގެ އިތުރުން 500 އެމް.އެލްގެ ދެ ފުޅި ފެނިފައިވާ ކަމަށެވެ. މީގެއިތުރުންވެސް އެގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެމީހުން އަތުލައިގަންފައި ވަނީ އެގޭތެރޭގައި ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މީހާރު ވެސް ދަނީ އެގޭގައި ހަރަކާތްތެރިވަމުންނެވެ.