އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އެސްޓީއޯ ޗޮކޮލެޓް ވީކް އެސްޓީއޯ ސުޕަމާކެޓްގައި ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިމަހުގެ 16 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެޕުރޮމޯޝަންގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި އަދި އެ ހަރަކާތްތަކުގެ ތެރެއިން ތަފާތު އިނާމްތައް ލިބިގެންދާނެ ކަމަށެވެ. އަދި ޗޮކްލެޓްގެ ތަފާތު ރަހަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފުރީ ސެޝަންތަކެއް އެސްޓީއޯ ސުޕަމާކެޓްގައި ކުރިއަށްދާނެ ކަމަށެވެ.

"މިޕުރޮމޯޝަންގެ ބުރޭންޑްތަކުގެ ތެރޭގައި ކެޑްބަރީ އާއި މާސް އާއި ސްނިކާސް ގެ އިތުރުން އެމްއެންޑްއެމް އާއި ޓްވިކްސް އާއި ބައުންޓީއާއި ކިންޑާ އަދި ފެރާރޯ އާއި ޓޮބްލެރޯން ހާޝޭސް ގެ އިތުރުން ނެސްލޭ އާއި ބެލްޖިއަން ފަދަ ބުރޭންޑްތަކުގެ ޗޮކްލެޓްތަށް ހިމެނޭ" އެސްޓިއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އިތުރުން އެ ޕްރޮމޯޝަންގައި ޔޫރޯ މާކެޓިން އާއި ވީބީ ބުރަދާސް އާއި ސިމްޑީ ކޮމްޕެނީ އާއި މެރިން ބުޓީކް ބައިވެރިވާ ކަމަށެވެ.