09 Oct 2010, 13:56
އިދާރީ ގޮތުން އެއްކޮށްލުމަށް ވޯޓު ނަގަން ހދ. ނާވައިދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ ބައެއްގެ އައިޑީ ކާޑުގެ މައްސަލަތަކެއް ދިމާވެ، ހިތްހަމަ ނުޖެހުންތައް އުފެދުމުން ވޯޓު ފޮށި ގުނުމަށް ދަތިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނާވައިދޫގެ ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ އެކަކުގެ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އަނެއް މީހާގެ އައިޑީ ކާޑު ނަމްބަރާއި އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރީއާ ދިމާނުވާ ކަމަށެވެ. އެކަމާ ގުޅިގެން ވޯޓު ގުނުމަށް ހުރަސްއެޅީ ކަމަށެވެ.
ކޮމިޝަނުން ބުނީ ނާވައިދޫ ވޯޓުތައް ގުނުމަށް ބަޔަކު ހުރަސްއަޅާފައިވާ ކަމަށާއި އެކަން ހައްލުކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.