ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުން ކުރިއަށް ގެންދާ ޝަރީއަތަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ނުފޫޒް ފޯރުވާ ކަމަށް ބުނެ އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުށަހަޅުއްވައިފައިވާ މައްސަލަ ބަލައި ނުގަނެ، ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުޑިޝަރީ މީޑިޔާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ ޑރ. ޖަމީލްއާ ދެކޮޅަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައި ނުގަތީ މައްސަލަ ހުށަހެޅި ފަރާތަކީ ހުޅުމާލޭ ކޯޓުން ބަލަމުންދާ މައްސަލައާ އެއްވެސް ގުޅުމެއް ހުރި މީހެއް ކަމަށް ނުވާތީ ކަމަށެވެ.

ޑރ. މުހައްމަދު ޖަމީލްއާއި ދެކޮޅަށް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ މި މަހުގެ 29 ގައި ހޯމް މިނިސްޓަރު މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަކީ ނަޝީދުގެ ޝަރީއަތް ހިންގުމަށް ފަނޑިޔާރުންނަށް އަސަރުކުރާ ފަދަ ގޮތަކަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން އެއްވެސް ޝަރީއަތަކަށް ނުފޫޒު ފޯރުވޭގޮތަށް ހޯމް މިނިސްޓަރަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސާލާގައި އޭނާ އެދިފައިވެ އެވެ.