10 Feb 2013, 14:53
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށް ނުދޭން އެމަނިކުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.
ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދިން މުއްދަތު އިތުރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތަސް އެ މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް އެމަނިކުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
މިއަދު ހަވީރު 4:00 އަށް ނަޝީދުގެ ޝަރީއަތް ޝެޑިއުލްކޮށްފައި އޮތްނަމަވެސް އަދިވެސް އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
މިއަދުގެ ޝަރީއަތަށް ހާޒިރުވެވެން ނެތްކަމަށް ވިދާޅުވެ ޝަރީއަތް ފަސްކޮށްދިނުމަށް ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް އެ ސިޓީއާ މެދު ފަނޑިޔާރުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.