ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ޕީޖީ އަށް ފޮނުވި މައްސަލައިގައި ދައުވާ ކުރުމަށް ފުލުހުން އެދިފައި ވަނީ ސ. ފޭދޫ ދިލްކަޝްނާޒް އިބްރާހިމް ޝަހުނީމް 39، ގެ މައްޗަށެވެ.

އިބްރާހިމް ޝަހްނީމްގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު 1:30 ހާއިރު އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާތަކެތި ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މައްސަލައިގަ އެވެ.

އެ މައްސަލައިގެ އިތުރުން މިދިޔަ އަހަރުގެ ބުރާސްފަތި ދުވަހު ވަނީ އުމުރުން 22 އަހަރުގެ މީހަކު މަސްތުވާތަކެއްޗާ އެކު ހދ. ކުޅުދުއްފުށިން ހައްޔަރުކޮށްފަ އެވެ.