ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ ދެވަނަ ޑިވިޝަންގެ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގައި އެ ބޯޑުގެ ޔޫތު ޑިވެލޮޕްމަންޓް ޓީމް ހަތްވިކެޓްގެ ތަފާތުން ބަލިކޮށް މެޗު ކާމިޔާބުކުރީ އެމްއެސް އެކަޑަމީގެ ޓީމެވެ.

ޓޮސް ދިމާވެގެން އެމްއެސް އެކަޑަމީ ޓީމުން ހޮވަން ގަސްދު ކުރުމުން ވައިޑީޕީ ޓީމް ކުޅެންއަރައި 10 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދިފައި ވަނީ 105 ލަނޑެވެ. އެ އިނިންގްސްގައި ވައިޑީޕީގެ ޓީމަށް އެންމެ ރަނގަޅަށް ކުޅެދީފައި ވަނީ 24 ލަނޑު ހެދި ތުސާރު އާއި 15 ލަނޑު ހެދި ސަދުހާން އެވެ.

އެމްއެސް އެކަޑަމީ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 18 އޯވަރު 10 ލަނޑަށް ދެ ވިކެޓް ނެގި އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މުހައްމަދު ސާފީ އެވެ.

ޖަވާބުގައި ކުޅެން އަރައި އެމްއެސް އެކަޑަމީ ޓީމުން ވަނީ 3 ކުޅުންތެރިން ނުބައިވެގެން 17 އޯވަރުގެ ތެރޭގައި 106 ލަނޑު ހަދާފަ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 31 ލަނޑު ހެދި މުހައްމަދު ސާފީ އާއި 22 ލަނޑު ހެދި އަލީ އިބްރާހީމް އެވެ. އެ އިނިންގްސްގައި ވައިޑީޕީ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ، 5 އޯވަރު 29 ލަނޑަށް 3 ވިކެޓް ނެގި އަލީ ސުނާން އެވެ.