ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން އަށް އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 61 އަހަރުގެ މީހެއް ކަމަށެވެ.

އަދި އޭނާ ހައްޔަރު ކުރީ ފުލުހުންނަށް އިއްޔެ ހަވީރު ކުރި ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 11:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި އަހަރު ތެރޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެއް ފުލުހުން ވަނީ ރިޕޯޓުކޮށްފަ އެވެ.