ގައުމީ ޔުނިވާސިޓީގެ ޝަރީއާ އެންޑް ލޯ ފެކަލްޓީ ހިންގާ، ބާ ޖަމާލުއްދީން ސްކޫލްގެ ފުރަތަމަ ފަންގިފިލަ އިން ތަންގަނޑެއް ވެއްޓިއްޖެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.

ޔުނިވަސިޓީގައި ކިޔަވާ ދަރިވަރަކު ބުނީ ބާ ޖަމާލުއްދީން ސްކޫލުން މިއަދު ތަންގަނޑެއް ވެއްޓުނީ ދަރިވަރުން ކިޔަވަމުންދިޔަ ގަޑިއެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ޔުނިވަސިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޔުނިވަސިޓީގެ ދަރިވަރުން ކިޔަވަމުން އަންނަ އެ އިމާރާތް ބާވެ ވަރަށް ބޮޑަށްވަނީ ރެނދުލައިފަ އެވެ.

ޔުނިވަސިޓީގެ މަރުކަޒީ އިދާރާ އާއި ފެކަލްޓީ އޮފް އާޓްސް އާއި ޝަރީއާ އެންޑް ލޯ އަދި ސެންޓަ ފޯ އޯޕަން ލާނިން ހިންގަމުން އަންނަ ބާ ޖަމާލުއްދީންގެ 900 އަކަފޫޓް ޖަމާލުއްދީން ސްކޫލަށް ދިން މައްސަލަ ގަނޑުގެ ބޮޑުވެ ވަނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ކަމާ ބެހޭ ބޭފުޅުން ވެސް ހާޒިރުކޮށްފަ އެވެ.

ބާޖަމާލުއްދީން ސްކޫލްގެ ފަންގިފިލާއިން ތަންގަނޑެއް ނެއްޓުނު އިރު، މިދިޔަ ބުދަ ދުވަހު ވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް އަށެއްގެ ކުލާސްރޫމެއްގެ މަތީ ކޮންކްރީޓް ޝީޓްގެ ބައެއް ވެއްޓި ކުއްޖެއްގައިގަ ޖެހިފަ އެވެ.