މިމަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 15 ވަނަ ވަނަ އިންޓަ ސުކޫލް ކެރަމް މުބާރާތުގައި މާލޭގެ 18 ސުކޫލަކުން ބައިވެރިވެއްޖެ އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ސުކޫލްތަކުގެ ޕްރެކްޓިސްތައް ފަށާފައިވާ ކަމަށާއި އެގޮތުން މުބާރާތުގައި ސުކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ގިނަ ވާނެ ކަމަށެވެ. އަދި ކުރީއަހަރަށް ވުރެ، މިއަހަރުގެ މުބާރާތަށް ތައްޔާރު ސްކޫލްތަކުގެ މެނޭޖްމަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ކެރަމް އެސޯސިއޭޝަންއަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރު ފަނަރަ ސުކޫލަކުން 234 ދަރިވަރަކު ވަނީ އެމުބާރާތުގައި ވާދަކޮށްފައެވެ. އެ އަހަރު ބޭއްވުނު 14 ވަނަ އިންޓަ ސުކޫލް މުބާރާތުގެ ޓީމް އިވެންޓުގެ 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. ގިޔާސުއްދީނުން ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދައިގެން މި އިވެންޓު ވިދިވިދިގެން ތިން ފަހަރަށް ކާމިޔާބުކޮށްފައެވެ. 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ މަޖީދިއްޔާ ސުކޫލެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ހިރިޔާ ސްކޫލެވެ. 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ދަރުމަވަންތަ ހޯދި އިރު އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސުކޫލެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ސިންގަލްސް އިވެންޓުން 11 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީނުގެ މުހައްމަދު އައިހަމް އެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީނުގެ އައިމިނަތު ޒަހުވާއެވެ. 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީނުގެ އަހުމަދު އައިހަމް އެވެ. އަދި އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ ގިޔާސުއްދީނުގެ އައިޝަތު ރިފްޤާއެވެ. 16 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާގެ ހުސެއިން ފާރިހެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާގެެ ޖުމާނާ ހަލީލެވެ. 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލުގެެ ޔަމާން އަބްދުލް ޖަލީލެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މަރިޔަމް ނަދާއެވެ.

ޑަބަލްސް އިވެންޓުން މިދިޔަ އަހަރު 11 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީނުގެެ ހަސަން އަބްދުލް ރަޙްމާނާއި އަހްމަދު ރުވެއިދުއެވެ. މިއުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީނުގެ ފާތިމަތު އިނާން އަދި އައިމިނަތު ސާރާއެވެ. 13 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީނުގެ ޝަވީއު ޝަރީފް އަދި އިބްރާހިމް ރިފާއުއެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީނުގެ އައިޝަތު ރިފްޤާ އަދި އައިމިނަތު މާހީއެވެ. 16 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާގެ ހުސެއިން ފާރިހް އަދި އަލީ އާޒިމެވެ. މިއުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަމީިނިއްޔާގެ ޖުމާނާ ހަލީލް އަދި އައިޝަތު ރިފްޤާއެވެ. 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލުގެ ޔަމާން އަބްދުލް ޖަލީލް އަދި ސަދޫހް ސާމިޢުއެވެ. މިއުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަރިޔަމް ނަދާ އަދި ފާތިމަތު ރަޔާނެވެ.

މިއަހަރުގެ އިންޓަ ސުކޫލް މުބާރާތުގައި ބައިވެރިވި ސްކޫލްތަކަކީ އަރަބިއްޔާ، މެޕްސް ކޮލެޖް، ސީއެޗްއެސްސީ، ޖަމާލުއްދީން، ކަލާފަން ، ގިޔާސުއްދީން، އިމާދުއްދީން، އިސްކަންދަތު، ތާޖުއްދީން، އަމީނިއްޔާ، މަޖީދިއްޔާ، ދަރުމަވަން، ހިރިޔާ، ވިލާ، އަމީރު އަހުމަދު، މާފަންނު މަދަރުސާ، ގަލޮޅު މަދަރުސާ އަދި މެޕްސް ކޮލެޖެވެ.