08 Feb 2013, 23:05
ޅ. ނައިފަރު ގެއެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަތް އަހަރުގެ ކުއްޖަކު ފިހިގެން މަރުވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ އެ ރަށު އުޑުވިލާގޭގެ ދެވަނަ ފަންގިފިލާގައި މިރޭ 10:40 ހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ޝުއައިބު ނަމަކަށް ކިޔާ ކުއްޖެއް ކަމަށާއި އެ ކުއްޖާ މަރުވެފައި ވަނީ އަލިފާން ރޯވި އިރު ގޭތެރޭގައި ތާށިވެގެން ކަމަށެވެ. އަދި އެ ކުއްޖާ އަކީ އެ ރަށު ސްކޫލްގެ ގްރޭޑް 2ގައި ކިޔަވަމުން ދިޔަ ކުއްޖެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޭގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.