14:30


ކ. ތުލުސްދޫގައި ދޭ ވިލާ ޓީވީ އާއި ދިޓީވީގެ ޚިދުމަތް ބަޔަކު މެދުކަނޑާލުމާ ގުޅިގެން ރަށު އޮފީސް ކައިރިއަށް ބަޔަކު އެއްވެ ނުރުހުން ފާޅުކުރަމުން އެބަދެ އެވެ.


ތުލުސްދޫން ވާހަކަ ދެއްކި މީހަކު ބުނީ ރައްޔިތުންގެ ތެރެއިން ފަންސާހަކަށް މީހުން ރަށު އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރަމުންދަނީ ރައްޔިތުންގެ މީހަކު ދެމުން އަންނަ ވިލާ ޓީވީ އާއި ދިޓީވީގެ ޚިދުމަތް އެރަށު އެމްޑީޕީއަށް ނިސްބަތްވާ ދެ މީހަކު ވެގެން ކަނޑާލުމާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައިގައި އެ ދެ މީހުން ރަށު އޮފީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް އެދުމުން ވެސް އެކަން ރަށު އޮފީހުން ކޮށްދީފައިނުވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.


އެރަށުން ވާހަކަދެއްކި މީހާ ބުނީ ރަށު އޮފީސް ދޫކޮށް އެމީހުން އެތަނުން ދުރަށް ދާނީ އެ ދެ ޗެނަލް އެމީހުންނަށް ފެންނަ ގޮތަށް ހެދުމުން ކަމަށެވެ.


މިކަމާ ގުޅިގެން ރަށު އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.