08 Feb 2013, 15:51
ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުނު މިއަދު ބުނީ ތިން މީހުންނާ އެކު ދަތުރުުކުރި "ރަންގަލި" ނަމަކަށް ކިޔާ ދޯނި ޅ. އަތޮޅު ޅޮސްއަލިފުށީ ފަރަށް އެރި ކަމުގެ މައުލޫމާތު ރޭ ދަންވަރު އެމްއެެންޑީއެފް ކޯސްޓްގާޑަށް ލިބުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިވެދީ ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ކުރަނީ އެ ދޯނީގެ ވެރިފަރާތާ ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަށްޑިހަ ފަސް ފޫޓްގެ އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް ވެސް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ބުނާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.