އިދާރީ ގޮތުން ރަށްތައް ގުޅާލުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓް ނެގުން ކަނޑައެޅިފައިވާ ދާއިރާތަކުގައި މިއަދު ފަށައިފި އެވެ.


އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ މިއަދު ހެނދުނު ހެނދުނު 8 ން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެއް  ކުރިއަށްދާ ވޯޓުގައި އަށްޑިހަ އަށް ހާހަށްވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގުލިބިފައިވާ ކަމަށެވެ.  


އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ ވޯޓްލުމުގައި ބައިވެރިވުމަށް 17،000 އެއްހާ މީހުން މާލޭގައި ވޯޓްލުމަށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް ވޯޓްލެވޭނީ 1،297 މީހުން ކަމަށެވެ.