ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން 24 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވާ ކަމަށް އޮޑިޓަށް ފާހަގަކުރި މައްސަލާގައި ޑީއެމްސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދާއި އެކު އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މއ. އެވަގްލޯރީ އަހްމަދު އާރިފް 49، އާއި ބ. އޭދަފުށީ ދިގަލި މުހައްމަދު ވަހީދު 53، އާއި ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދު 49 އާއި ހ. ރަބީއީމަންޒިލް މުހައްމަދު ޝާހިދު 53، އެވެ.

ފުލުހުންވެސް ވަނީ އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އަބްދުﷲ ޝާހިދާއި އެކު މި ހަތަރު މީހުން ވެސް މިހާރު ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.