އެކަށީގެންވާ ސިކިއުރިޓީ ލިބިވަޑައިނުގަތް ކަމަށް ވިދާޅުވެ، ތުލުސްދޫގައި މިރޭ ފާހަގަ ކުރާ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަސް ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އިއުތިރާޒު ކުރައްވައި އެ ހަފުލާގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.


ރައީސް މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު މިރޭ ވިދާޅުވީ ޕާޓީގެ މެ    ންބަރުންގެ އެދިވަޑައިގަތުމާ އެކު މިރޭގެ ހަފުލާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ގާނޫނުގައި ބުނާ، ކުރީގެ ރައީސުންނަށް  ލިބެން ޖެހޭ ސިކިއުރިޓީ އެމްއެންޑީއެފުން ލިބިވަޑައިނުގަތުމުން އެ ހަފުލާގައި ބައިވެރިވެވަޑައި ނުގަތީ ކަމަށެވެ.


އޭނާ ވިދާޅުވީ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ހަދައި ނިމިފައި ނުވާ ކަމަށާއި އެ ގަވާއިދު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގައި އޮންނަތާ ވެސް ވަރަށް ދުވަސްވެފައިވާ ކަމަށެވެ.