ކާރަކުން ގެއެއްގެ ފާރުގައި ޖެހި ފާރުން ތަންގަނޑެއް ވެއްޓި ކާރަށް ބޮޑު ގެއްލުންތަކެއް ވެއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:20 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން އަންހެން މީހާ އަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

އަަންހެނަކު ދުއްވި އެ ކާރު އެ އެކްސިޑެންޓްވެ، ކާރު ގޮސް ހ. ފުސްތުޅާމާގެ ފާރުގައި ޖެހި އެގޭގެ ފާރުން ހަތަރު ފޫޓުގެ ތަންގަނޑެއް ވެއްޓި ކާރުގެ ވިންޑްސް ސްކްރީން ތަޅައިގެން ގޮސް ކާރުގެ ބޮނެޓް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެއީ ބާރު ސްޕީޑްގައި ދުއްވި ކާރެއް ނޫންކަން ސަން އަށް އެނގިފައިވެ އެވެ.

ބާރު ސްޕީޑްގައި ލޮނުޒިޔާރަތްމަގުން ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލު ނުކުރެވިގެން ގޮސް އިއްޔެ ވެސް ވަނީ ފިހާރައެއްގެ ތެރެއަށް ވަދެ ފިހާރައަށާއި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ނަމަވެސް އެ އެކްސިޑެންޓްގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.