07 Feb 2013, 10:19
ރަހުމަތް ތެރިކަމުގެ ފުޓްބޯޅަ މެޗުގައި ރޭ އިނގިރޭސިން އަތުން 2-1 ލަނޑުން ބްރެޒިލް ބަލިވެއްޖެ އެވެ.
މިއީ 23 އަހަރަށް ފަހު ބްރެޒިލް އަތުން އިނގިރޭސިން މޮޅުވި ފުރަތަމަ ފަހަރެވެ.
ލަންޑަނުގެ ވެންބްލީގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް އިނގިރޭސިންނެވެ. އެ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އިނގިރޭސިންއަށް ކާމިޔާބު ކޮށްދިނީ އުމުރުން 27 އަހަރުގެ ފޯވާޑް ވޭން ރޫނީ އެވެ.
ރޭގެ މެޗުގައި ބްރެޒިލަށް ލިބުނު ޕެނަލްޓީ ރޮނާލްޑީނިއޯ ޖެހުމުން އިނގިރޭސި ކީޕަރު ޖޯހާޓް ދެ ފަހަރެއްގެ މަތީން ވެސް ދިފާއުކުރިކަން ފާހަގަ ކޮށްލެވެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، އެއް ލަނޑުގެ ލީޑަކާއެކު އިނގިރޭސިން ކުރީގައި އޮތް ނަމަވެސް، ދެ ވަނަ ހާފުގެ 48 ވަނަ މިނެޓުގައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އުމުރުން 29 އަހަރުގެ ފްރެޑް އެވެ.
ބްރެޒިލް އަތުން އިނގިރޭސިން ރޭ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރޭންކް ލަމްޕާޑެވެ.
ރޭ ބްރެޒިލް އަތުން އިނގިރޭސިން މޮޅުވި މެޗުގެ ކުރިން އެޓީމުން ކެޕްޓަން ސްޓީވަން ޖެރާޑަށް އިނގިރޭސި ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ރަންތޮތްޕެއް ހަނދިޔާކޮށްފައިވެ އެވެ. އެއީ ގައުމީ ޓީމަށް އޭނާ 100 މެޗު ކުޅެދީފައިވާތީވެ އެކަމުގެ ޝަރަފުގަ އެވެ. ރޭގެ މެޗަކީ ޖެރާޑްގެ 101 ވަނަ މެޗަށްވާއިރު މި މެޗާއެކު ގައުމީ ޓީމަށް 100 މެޗު ކުޅުމުގެ ޝަރަފު މިހާޜު ލިބުނު ކުޅުންތެރިއަކީ އޭޝްލީ ކޯލް އެވެ.