07 Feb 2013, 09:38
ފުޅާދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރި ކުރަމުންދާ މުނި ހޯމް ކެއާގެ ފަރާތުން ކުރެޑިޓް ސުކީމް ތާއާރަފްކޮށްފިއެވެ.
މުނި ހޯމްކެއާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހުމަދު ޒަކީ ވިދާޅުވީ "ލޭންދޭން ކުރެޑިޓް ސުކީމް" ގެ ނަމުގައި ތައާރަފްކުރި އެ ކުރެޑިޓް ސުކީމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުންނާއި އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ. އެއީ ކޮންކުންފުނިތަކެއް ކަމަށް ވިދާޅުނުވާއިރު ޒަކީ ވިދާޅުވީ އެސްކީމުގައި ބައިވެރިވެވޭނީ ދާއިމީ ވަޒީފާއެއްގައި ދިރިއުޅޭ މުސާރައަށް މަދުވެގެން 8000ރ. ލިބޭ ފަރާތްތަކަށް ކަމަށެވެ.
"އެއްފަހަރާ ފައިސާދެއްކުމުގެ ބަދަލުގައި އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާދެއްކޭނެ އިންތިޒާމްތަކެއް އަޅުގަނޑުމެން މި ތައާރަފް ކޮށްދެނީ، މިގޮތުން އަޅުގަނޑުމެން 10000ރ. އިން ފެށިގެން 30000ރ. ގެ ކުރެޑިޓް ސުކީމެއް އަޅުގަނޑުމެން މިތައާރަފްކުރަނީ، މިކުރެޑިޓް ސުކީމުގައި ހަމައެކަނި ހިމެނޭނީ މުނިހޯމް ކެއާ ލިވިން ސެންޓާގައި ވިއްކަމުންދާ ހައި އެންޑް ފަރުނީޗަރު،" ޒަކީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކުރެޑިޓް ސުކީމް މެދުވެރިކޮށް ފަރުނީޗަރު ގަންނަން ބޭނުންވާ ފަރާތްތަކުން އެފަރުނީޗަރެއްގެ 50 ޕަސެންޓް އަގު ދެއްކުމުން ބާކީ ހުރި ފައިސާ ހަތަރު މަހަށް ބަހާލައިގެން ދެއްކޭނެ ކަމަށާއި އެކުރެޑިޓް ސުކީމުގައި އެއްވެސް އިންޓްރެސްޓް ރޭޓެއް ނުހިމެނޭ ކަމަށެވެ.
ޒަކީ ވިދާޅުވީ އެކުރެޑިޓް ސުކީމް ތައާރަފްކުރީ މިހާރު ރާއްޖޭގެ ކުރެޑިޓް ސުކީމް މެދުވެރިކޮށް ތަކެތި ދޫކުރުން މަދުވެފައިވާތީ ރައްޔިތުންނަށް ފަސޭހަކަމާއެކު ފަރުނީޗަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށެވެ.