06 Feb 2013, 19:09
ހެންވޭރުގައި ހަދަމުން ދިޔަ ގެއެއްގެ މަތީ ފުލޯއެއްގެ ފާރު ވެއްޓި ޕާކް ކޮށްފައި ހުރި ސައިކަލް ތަކަކަށް ގެއްލުން ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ މިއަދު ހަވީރު 5:25 އެހާކަންހާއިރު ހ. ރޯޝަނީ މަގުގައި ހުންނަ ގެއެއްގެ ފާރު ވެއްޓި އެތަނުގައި ޕާކް ކޮށްފައި ހުރި ދެ ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް އެހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ހަނީފް ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ ގެއްލުންލިބުނު ދެ ސައިކަލުގެ ތެެރެއިން އެއް ސައިކަލަކީ، އެގޭގެ ވެރިފަރާތުގެ ސައިކަލެއް ކަމަށާއި އަނެއް ސައިކަލަކީ، އެގޭގެ ވެރިމީހާގެ ރައްޓެއްސެއްގެ ސައިކަލެއް ކަމަށެވެ.
އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ބަލަމުންނެވެ.