ޑީއާރުޕީގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޑީއާރުޕީގެ އިސް ވަފްދެއް ކ. ތުލުސްދޫ އަށް ހިނގައްޖެ އެވެ.


ޑީއާރުޕީން ބުނީ ތުލުސްދޫގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އަހަރީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެޕާޓީގެ ވަޑައިގެންނެވި އިސް ވަފްދުގައި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޕާޓީގެ ޑެޕިއުޓީ ލީޑަރުންނާއި ކައުންސިލް އަދި ޕާލިމެންޓާއި ޕާޓީގެ އެކި އެކި ގުނަވަންތަކުގެ އިސްބޭބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.


ޑީއާރުޕީން ބުނީ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ތުލުސްދޫގައި ކުރިއަށްދާއިރު އަހަރީ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ފުޅުބޯޅަ މެޗް މިއަދު ހަވީރު އޮންނާނެ ކަމަށެވެ. އަދި އަހަރީ ދުވަހުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ޑީއާރުޕީން ބުނެ އެވެ.