ބާރު ސްޕީޑްގައި ލޮނުޒިޔާރަތްމަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުކުރެވިގެން ގޮސް ފިހާރައެއްގެ ތެރެއަށް ވަދެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ މަގުގައި ހުންނަ "ޒީމާޓު" ފިހާރައިގެ ތެރެއަށް ކާރު ވަތް ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ގެއްލުންވެފައި ވަނީ ފިޔާތޮށި ކުލައިގެ ޕްރައިވެޓް ކާރަކަށެވެ.

މިއަދު މެންދުރު 2:45 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުކުރެވި ގޮސް ޒީމާޓް ފިހާރައިގައި ޖެހި އެފިހާރައިގެ ބިއްލޫރި ތަޅާލައިގެން ގޮސް ފިހާރަތެރެއަށް ކާރުގެ ބޮޑެބައެއްވަދެ ވަނީ ކާރަށާއި ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.