ވަތަނިއްޔާގެ ޕޯސްޓް ޕެއިޑް ކަނެކްޝަންގެ ހިދުމަތް އަލަށް ބޭނުންކުރާ ފަރާރްތަކަށް އެއް މަސް ދުވަހުގެ މަހު ފީ ހިލޭ ލިބޭ ޕްރޮމޯޝަނެއް ވަތަނިއްޔާ އިން ތައާރަފްކޮށްފި އެވެ.


ވަތަނިއްޔާގެ އެކްޓިން ހެޑް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަން އައިޝަތު ޒަމްރާ ޒާހިރު މިއަދު ވިދާޅުވީ ވަތަނިއްޔާ އިން އިއްޔެ ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަނަކީ ވަތަނިއްޔާގެ އާ ޕޯސްޓްޕެއިޑް ކަނެކްޝަނެއް އެކްޓިވޭޓްކޮށްގެން ލިބޭ އެލަވަންސެއް ކަމަށާއި މިޕްރޮމޯޝަން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިލަޔަށް ކުރިއަށްދާނެ ކަމަށެވެ. އަދި ވަތަނިއްޔާގެ އާ ޕޯސްޓްޕެއިންޑް ކަނެކްޝަންގެ ހިދުމަތް ބޭނުންކުރާތާ 60 ދުވަސް ހަމަވުމުން އެ ހިދުމަތް ބޭނުންކުރި ފަރާތަކަށް ޖެހިގެން އަންނަ މަހުގެ މަހު ފީ މި ޕްރޮމޯޝަންގެ ދަށުން ލިބޭނެ ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ.


ޒަމްރާ ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ތަފާތު ރޭޓުތަކުގެ ޕެކޭޖްތައް ބޭނުކުރެވޭނެ ކަމަށާއި އެ ޕެކޭޖްތައް ބޭނުންކުރުމުން އެ ޕެކޭޖަކަށް ކަނޑައަޅާފައިވާ ކްރެޑިޓް ހަމަވަންދެން މި ޕްރޮމޯޝަންގެ ދަށުން ވަތަނިއްޔާގެ ޕޯސްޓްގެ ހިދުމަތް އަލަށް ބޭނުންކުރާ ހުރިހާ ފަރާތްތަކަކުންވެސް ކުރާ ލޯކަލް އަދި އިންޓަނޭޝަން ކޯލްތަކާއި އެސްއެމްއެސް އަދި މޯބައިލް އިންޓަނެޓްގެ ބޭނުން ކްރެޑިޓް އެލަވަންސް ހަމަވަންދެއް ހިލޭ ކުރެވޭނެ ކަމަށްވެސް ވަތަނިއްޔާ އިން ބުނެ އެވެ.


ވަތަނިއްޔާ އިން ކ. ތުލުސްދޫގައި މިޕްރޮމޯޝަން ތައާރަފްކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް މިއަދު ހދ. ކުޅުދުއްފުށީގައި ވެސް ކުރިއަށްދާނެ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.