ކުރިކެޓް ބޯޑުން އިންތިޒާމް ކޮސްގެން ބާއްވާ ލިމިޓެޑް އޯވާ ކުރެކްޓް މުބާރާތުގެ ދެ ވަނަ ޑިވިޒަންގެ ތިން ވަނަ މެޗް އޮފް އެފް ސީއިން ކާމިޔާބުކޮށްފި އެވެ.

ކުޅިވަރު އެކުއެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު އެމެޗް އޮފް އެފް ސީއިން ކާމިޔާބު ކުރީ މާލޭ ސްޕޯޓްސް ކުލަބާވާދަކޮށް 135 ލަނޑުންނެވެ.

އިއްޔެގެ މެޗުގައި ޓޮސްދިމާވުމުން އޮފް އެފް ސީ ކުޅެންއަރާ، 40 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 238 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 61 ލަނޑު ހެދި މަހްމީދު ރިޔާޒާއި 54 ލަނޑުހެދި އިސްމާއިލް އަނިލްއެވެ. މާލޭ ސްޕޯޓްސް އިން އަލީ ތޯލިބް ހަތް އޯވަރު 54 ލަނޑަށް ތިން ވިކެޓްނެގި އެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުލަބް ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 23 އޯވަރުގެ ތެރޭގައި 103 ލަނޑުހެދި އެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑުހެދި އަލީ ނިހާދެވެ. އަދި އޮފް އެފް ސީ އިން އެންމެ ރަނގަޅަށް އުކީ ހަތް އޯވަރު 28 ލަނޑަށް ތިން ވިކެޓްނެގި މުހައްމަދު އަކުރަމް އެވެ.

އިއްޔެގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮފް އެފްސީގެ މަހުމޫދު ޒިޔާޒެވެ.

މުބާރާޓުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހު ހެދުނު 8:30 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އެމް އެސް އެކަޑަމީ އާއި ކުރިކެޓް ބޯޑުގެ ވައިޑީޕީ ޓީމެވެ.