މާލޭގައި ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ދިވެހި ރާއްޖޭގެ އަޑުކުރިން ހުރި އިމާރާތުގެ ކުރިމަތީގައި އޮންނަ ޕާކު ތެރޭގައި މަރުވެފައި އޮއްވައި ރޭ ފަތިހު 3:30 ހާކަންހާއިރު ފުލުހުންނަށް ފެނިފައި ވަނީ ހ. އޮގަސްޓާ، އަޙުމަދު ނަޒީފް ޝައުކަތު (21އ) ކަމަށް ފުލުހުން ބުންޏެވެ.

އަޙުމަދު ނަޒީފް ޝައުކަތު ޕާކު ތެރެއަށް ވެއްޓިފައި އޮއްވާ އާންމު ފަރާތަކަށް ފެނިގެން އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަދި އަޙުމަދު ނަޒީފް ޝައުކަތުގެ ހަށިގަނޑު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ފުލުހުން ދަނީ ތަހުޤީޤްކުރަމުންނެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އެލްއެސްޑީ" ކިޔާ ފޭކު ބާވަތެއްގެ މަސްތުވާ އެއްޗެއް ރާއްޖޭގައި ދައުރުކުރާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އަދި އެ ބޭނުން ކުރާ ކަމުގެ ރިޕޯޓްތައް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ބޭނުން ކުރުމުން ކުއްލި އަކަށް ހިތް ހުއްޓި މަރުވަން މެދުވެރިވާ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ހެންވޭރު ޕާކް ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވައި ފެނިފައި މި ވަނީ ހުޅުމާލޭގެ މަގެއް މަތީގައި ޒުވާނަކު މަރުވެފައި އޮއްވައި ފެނުނުތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.